ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 16-08-2022, 04:44


ލ.ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ފިރިހެނަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ވަނީ މާލެ ގެނެސްދީފިއެވެ.

އުމުރުން 71 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ އެރޭ 22:36 ހާއިރުއެވެ.