ސްޕެޝަލް ފޯސަސް

ސްޕެޝަލް ފޯސަސްއަކީ ރާއްޖޭގައި ހިނގާފާނެ ވައިފޭރުމާއި، ރަހީނުކުރުމާއި، އަތުވެދާނެ ޢުދުވާނީ ހަމަލާއެއްގައި އަދި ކުއްލި ހާލަތެއްގައި ދިވެހި އަސްކަރިއްޔާގައި އެންމެ ހުޝިޔާރުކަމާއި ކުޅަދާނަކަމާއެކު ޙަރަކާތްތެރިވާނެ ޚާއްސަ ބާރެވެ. ސްޕެޝަލް ފޯސަސްއަކީ ދިވެހި ރާއްޖޭގެ ޤައުމީ ދިފާއީ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ހިމެނޭ އެހެން ޔުނިތްތަކަށް ޢާންމުގޮތެއްގައި ތަންފީޒުނުކުރެވޭނެ މިޝަންތައް ފުރިހަމަކުރުމަށް އުފައްދާފައިވާ މިބާރަކީ ސިފައިންގޭގެ އަސްކަރީ ޤާބިލްކަން ރަމްޒުކޮށްދޭ ބާރުވެސްމެއެވެ. ސްޕެޝަލް ފޯސަސް އުފައްދާފައިވަނީ 2006 ޖުލައި 26 ވަނަ ދުވަހުއެވެ

.
ޚިދުމަތުގެ ބެޖްތައް