ވަޒީފާގެ ފުރުޞަތު

[PDF] ލީފް ލެޓް ޑައުންލޯޑް ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ކުރިއަށްދެވޭނެ ގިނަގުނަ ދާއިރާތަކަށް ފުރުސަރު ހުޅުވާލެވިފައިވއެވެ. ޤައުމީ ދިފާއީ ބާރުގެ އަމާޒަކަށް ކަނޑައެޅިފައިވަނީ ރައްޔިތުންގެ ފުރާނައާއި މުދާ އެންމެހާ ނުރައްކާތަކުން ސަލާމަތްކޮށް އެހީތެރިވުމެވެ. ފުރިހަމަ ޔުނިފޯމެއްގައި ރައްޔިތުންނަށް ޚިދުމަށްކުރުމަށް ތައްޔާރަށް ތިބި ދިވެހި ސިފައިންނަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ތިބި ބަޔެކެވެ. އެއްގަމާއި ކަނޑުގައި ރެއާދުވާލު ދިވެހި ސިފައިން ޚިދުމަތުން ފުރާލައެވެ.
ސިފައިންގެ ޙިދުމަތަކީ ޝަރަފްވެރިކަމާއި ހިތްވަރާއެކު ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށް ވީ ހިނދު މިޙިދުމަށް ދޭ ބަޔަކީ ނަފްސާނީ ގޮތުންނާއި މާއްދީ ގޮތުން ދުޅަހެޔޮ ބަޔަކަށްވާންޖެއެވެ. ސިފައިންނަކީ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހިތްވަރާއިކެރުމާއި ކުޅަދާނަކަމާއެކު ކުރިމަތިލާންޖެހޭ ބަޔަކަށް ވީހިނދު މިމުއަސަސާގެ ވަސީލަތްތަކާއި އަގުހުރި ވަގުތުތައް ޒުވާން ލޭހުރި ފައުޖުތައް ތަމްރީނުދެވި އަސްކަރީ އެކި ދާއިރާތަކަށް ތައްޔާރުކުރަންޖެހެއެވެ. ސިފައިންގެ ގޭޓުން ފުރަތަމައަށް މަރުހަބާ ކިޔާ މީހާއިން ފެށިގެން ހަނގުރާމަތީ ހަރަކާތްތެރިވާ ސިފައިންނާ ހަމައަށް ކޮންމެ ސިފައިންގެ މީހަކީ ބޮޑެތި ހަނގުރާމައެއް ކުރަންޖެހުނަސް ތައްޔާރަށް ހުންނަން ޖެހޭނެ މީހެކެވެ.
ޤައުމީ ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ފަހުލަވާނުންނަށް މަދަދުދިނުމަށްޓަކައި އެހެން އިންސާނީ ވަސީލަތްތައްވެސް ބޭނުންވެއެވެ. އެހެންކަމުން ހުނަރުވެރި ޤާބިލް އެކައުންޓެންޓުން، ވަޑިން، އިމާރާތް ފަރުމާކުރުންތެރިން، ސިވިލް އިންޖިނިއަރުން، ޑޮކްޓަރުން، އިކޮނޮމިސްޓުން، އިލެކްޓްރިކަލް އިންޖިނިއަރުން، ލޯޔަރުން، މެކޭނިކަލް އިންޖިނިއަރުން، ނަރުހުން، އަދި ތަޢުލީމީ މީހުން ޚިދުމަތަށް ބޭނުންވެއެވެ.
ދިވެހި ސިފައިންގެ މޮޓޯ "ޤައުމީ ޚިދުމަތް" އަކީ ސިފައިންގެ އެންމެ އަޒުމެވެ. ރައްޔިތުންނާއި ޤައުމުގެ ޙައްގުގައި ޚިދުމަތުގައި ތިބުމަކީ ސިފައިންގެ އުފަލެކެވެ. އެހެންކަމުން ޝަރަފްވެރި މިޚިދުމަތުގައި ގުޅެމާތޯއެވެ. މިލޮވުވެތި ވަޠަން ޙިމާޔަތްކުރުމަށް ސިފައިންގެ ޚިދުމަތާއި ގުޅޭށެވެ.
ސިފައިންގެ މީހަކީ ހަނގުރާމައިގައިވިޔަސް އާންމު ހާލަތުގައިވިޔަސް ތިމާގެ އެންމެ އިސްކަމަކީ ދިވެހި ޤައުމުކަމުގައި ދެކޭ މީހެކެވެ. ސިފައިންނަށް ކާމިޔާބު ނޫނީ ޤަބޫލެއްނުކުރެވެއެވެ. މިލޮބިވެތި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމާއި ކޮންމެ ފަދަ ޤުރުބާނީއަކާ އަގެއްދޭން ޖެހުނަސް ސިފައިން ތިބީ ތައްޔާރަށެވެ. އެހެންކަމުން މިޙިދުމަތުގައި ބައިވެރި ސިފައިންގެ މީހަކަށް ވަމާތޯއެވެ.