އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެއިން ޚާއްޞަ ހަރަކާތްތަކެއް ފަށައިފި
2010-03-08
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ޚާއްޞަ ހަރަކާތްތަކެއް ފަށައިފިއެވެ.
މިގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ.އާރަށުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގައި ތިއްބެވި ޢިލްމީ ބައެއް ބޭފުޅުންގެ ތަޤްރީރުތައް ދެއްވާނެވެ. މިހަރަކާތްތަކުގައި ކޮންމެ ޖިންސަކަށްވެސް ލިބިގެންވާ ހަމަހަމަ ޙައްޤުތަކާއި ހަމަހަމަ ފުރުޞަތުތަކާއި ބެހޭގޮތުން އޭޖީ އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލާ އައިމިނަތު އީނާސް ތަޤްރީރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޤައުމު އާރާސްތުކުރުމުގައި އަންހެނުންގެ ރޯލާއި ބެހޭގޮތުން އަލްއުސްތާޛާ މާރިއާ އަޙުމަދު ދީދީ ތަޤްރީރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އިސްލާމްދީނުގައި ޖިންސުގެ ހަމަހަމަކަމާ ގުޅޭގޮތުން އައްޝައިޙް ޢަބްދުލް ޢަޒީޒް ޙުސައިން ތަޤްރީރު ދެއްވާނެއެވެ. މީގެ އިތުރުން މިއަދު އާރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީމް ބިލްޑިންގ ހަރަކާތްތަކެއްވެސް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިހަރަކާތްތައް ނިންމާލުމަށްފަހު އަންހެން ސިފައިން މާލެ އައުމަށް ހަމަޖެހިފައިވަނީ މިރޭ 7 ޖަހާއިރުއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް