ސަރުކާރު އޮފީސްތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ސިފައިންގެ ޓީމް ޖާގަހޯދައިފި
2010-03-07
ސަރުކާރު އޮފީސްތަކުގެ 13 ވަނަ ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރަމުންދާ އެމް.އެން.ޑީ.އެފްގެ ބާސްކެޓް ޓީމް، އިއްޔެ އައިލެންޑް އޭވިއޭޝަނާއި ދެކޮޅަށް ކުޅުނު މެޗުން ބޮޑު ތަފާތަކުން މޮޅުވެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިއްޔެ ކުޅުނު މެޗުން ސިފައިން މޮޅުވެފައިވަނީ 77 ޕޮއިންޓް 36 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސިފައިން ޓީމްގެ ޖާޒީ ނަންބަރު 8 ކޯޕްރަލް މުޙައްމަދު މަޙުދީ އެވެ. އިއްޔެގެ މެޗުން މޮޅުވުމާއި ގުޅިގެން ސެމީ ފައިނަލް މެޗުގައި ދިވެހި ސިފައިން ބައްދަލުކުރަންޖެހެނީ ޕޮލިސް ކްލަބްގެ ބާސްކެޓް ޓީމާއެވެ. މިމެޗު އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުގެރޭ 8:30 ގައި އެކުވެނި އައުޓްޑޯ ކޯޓުގައެވެ.
މިމުބާރާތުގައި އެމް.އެން.ޑީ.އެފް ކުޅުނު ފުރަތަމަ މެޗުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ ދެކޮޅަށް ވާދަކޮށް ބަލިވެފައިވީނަމަވެސް ދެން ކުޅުނު ދެ މެޗުންވެސް ބޮޑު ތަފާތަކުން ދިވެހި ސިފައިންވަނީ މޮޅުވެފައެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް