ހާލުބޮޑު އަންހެނަކު އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަންޓުން މާލެގެނެސްފި.
2010-02-07
ރ. އުނގޫފާރުން ހާލުބޮޑު އަންހެނަކު އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަންޓުން މިއަދު މާލެ ގެނެސްފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާއަށް މިއަދު މެންދުރު 12:50 ހާއިރު ލިބުމާއި ގުޅިގެން އެމް.އެން.ޑީ.އެފް ނޮދަން އޭރިޔާގެ ކޯސްޓްގާޑު ސްކޮޑްރަންޓުން ކޯސްޓްގާޑް ޝިޕް ނުރައްދީން ލޯންޗް ރ.އުގޫފާރަށް ދިއުމަށްޓަކައި ވަގުތުން ފުރުވާލާފައެވެ. ކޯސްޓްގާޑް ޝިޕް ނޫރައްދީން މިއަދު މެންދުރުފަހު 13:45 ހާއިރު ރ.އުނގޫފާރަށް ގޮސް ހާލުބޮޑު އަންހެންމީހާ ކޯސްޓްގާޑް ޝިޕް ނޫރައްދީންއަށް ނެގުމަށްފަހު މިއަދު އިރުއޮއްސި 18:50 ގައި މާލެ ގެނެސް އެމްބިއުލާންގައި (އައި.ޖީ.އެމް.އެޗް) ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މިހާދިސާގައި މާލެ ގެނެސްފައި ވަނީ ރ.އުނގޫފާރު ތުޅާގިރި ރަޒިއްޔާ އަބްދުއްރަހީމް ( 53 އަހަރު )އެވެ. މިއަންހެން މީހާ މާލެގެނެސްފައި ވަނީ މީނާއަށް ސްޓްރޯކެއްޖެހި ހޭނާރާ އެމެޖެންސީ ހާލަތަށް ދިއުމާއިގުޅިގެން ރ.އުނގޫފާރު ހޮސްޕިޓަލުން އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުމުންނެވެ. މިއަންހެން މީހާ މާލެގެންސް އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޭނާރާކަމަށް ކޯސްޓްގާޑުން ހަބަރުދެއްވިއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް