ކުޅެން އުޅެނިކޮށް ގަހެއްގެ އޮފިގަނޑެއް ލޯކައިރިއަށް ހެރި ހާނީއްކަވި ކުއްޖަކު އެމް.އެން.ޑީ.އެފް ކޯސްޓްގާޑުން އެމެޖެންސީކޮށް މާލެ ގެނެސްފި
2010-02-07
ކ.މާފުށީ ސީސަންގޭ ގޯތިތެރޭ އިއްޔެ ކުޅެން އުޅެނިކޮށް ގަހެއްގެ ހިކި އޮފިގަނޑެއް ކަނާތްފަރާތުގެ ލޮލާއި ބުމަޔާއި ދެމެދަށް ހެރި ހާނީއްކަވި މަލަކް އަހުމަދު ރިޝްވާން (03 އަހަރު) އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ހާބަރ ކްރާފްޓް 104 ނަންބަރު ލޯންޗްގައި އެމެޖެންސީކޮށް މާލެ ގެނެސްފިއެވެ.

މަލަކް އަހުމަދު ރިޝްވާން ގެ އާއިލާއިން ކޯސްޓްގާޑްގެ އެހީތެރިކަމަށް އެދިލެއްވުމާއި ގުޅިގެން ކޯސްޓްގާޑުން އޭނާ މާލެ ގެންނަވާ އިއްޔެގެ 14:49 އެހާކަން ހާއިރު ވަނީ އައި.ޖީ.އެމް.އެޗުން ފަރުވާދޭންފަށާފައެވެ. ކުއްޖާގެ ބައްޕަ އެމް.އެން.ޑީ.އެފް މީޑިއާ އަށް ފޯނުން މަޢުލޫމާތު ދެއްވަމުން ބުނުއްވާފައި ވަނީ ކުއްޖާގެ ލޮލާއި ބުމަޔާއި ދެމެދަށް އެއްއިންޗި ފުންމިނަށް ވަދެފައިވަނީ ކުޑަވައި އިނގިލީގެ ފަލަމިން ހުރި ދިގުމިނުގައި 03 އިންޗިހުރި ދަނޑިކޮޅެއް ކަމަށާއި ރޭ އިރާކޮޅު ވަގުތެއްގައި އޮޕަރޭޝަންކޮށްގެން އެދަނޑިކޮޅު ނަގާފައިވާކަމަށާއި މިހާރު ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް އޭނާ އެމް.އެން.ޑީ.އެފް މީޑިއާއަށް މަޢުލޫމާތުދެއްވިއެވެ.


ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް