ކ.އެނބޫދޫފިނޮޅު ކައިރިން އަޑިއަށް ދިޔަ ދޯންޔަކަށް ސިފައިންގެ ކޯސްޓްގާޑުން އެހީތެރި ވެއްޖެ.
2010-02-07
2010 ފެބްރުއަރީ 07 ދުވަހުގެ ރޭ 01:30 ހާއިރު ފަސްމީހުންނާއި އެކު މާލެއިން ފުރައިގެން މ.މަޑުއްވަރީއަށް ދަތުރުކުރި "ސަފުޙާ" ދޯންޔަށް ކޮންޓްރޯލް ނުވާވަރަށް ދިޔައަރާ ކ.އެނބޫދޫ ފިނޮޅުގެ އިރުއުތުރު ކަންމައްޗަށް އަޑިއަށް ގޮސްފިއެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބުމާއިއެކު ކޯސްޓްގާޑް ފަޔަރއެންޑް ރެސްކިއު ލޯންޗް ވަނީ މިސަރަހައްދަށް ފޮނުވިފައެވެ. އަދި މިދޯނިން ދަތުރުކުރި ފަސްމީހުން ވަނީ މިދިމާ ކަނޑުން މިދުވަހުގެރޭ 03:55 ގައި ކޯސްޓްގާޑް ފަޔަރއެންޑް ރެސްކިއު ލޯންޗަށް ނަގާފައެވެ. މިހާދިޘާގައި މި ފަސްމީހުންކުރެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މިދޯނިފުންކުރުމުގެ މަސައްކަތް ކޯސްޓްގާޑް އާއި ދޯނީގެ ވެރިފަރާތުން މިހާރު ގެންދަނީ ކުރަމުންނެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް