އެމް.އެން.ޑީ.އެފް އިންޓަރ ޔުނިޓް ބްލޫ ސްޓޯމް ވޮލީބޯޅަ މުބާރާތް- 2010 ނިމިއްޖެ.
2010-02-05
މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވުނު އިންޓަރ ޔުނިޓް ބްލޫ ސްޓޯމް ވޮލީބޯޅަ މުބާރާތް މިއަދު ނިމިއްޖެއެވެ.

ކުޅިވަރު އެކުވެނީ އައުޓްޑޯގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސްގެ ޕާމަނަންޓް ސެކެރަޓަރީ އަލްފާޟިލް މުޙައްމަދު މާހިދު ޝަރީފްއެވެ. އިންޓަރ ޔުނިޓް ބްލޫ ސްޓޯމް ވޮލީބޯޅަ މުބާރާތް އެއްވަނަޑިވިޒަންގެ ޗެމްޕިއަންކަން ވިދިވިދިގެން ތިން ފަހަރު ހޯދާ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޓީމް ވަނީ ތަށި މިލްކްކޮށްފައެވެ. ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްމެޗްގައި މެރިންކޯގެ ޓީމާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުން މޮޅުވެގެންނެވެ. ފައިނަލް މެޗް ނިމުމުން ވަނަ ވަނައަށްއައި ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިޔުން ދެއްވީ މިމުބާރާތުގެ ޝަރަފުވެރި މެޙްމާން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯރޓްސްގެ ޕާމަނަންޓް ސެކެރަޓަރީ އަލްފާޟިލް މުޙައްމަދު މާހިދު ޝަރީފްއާއި އެމް.އެން.ޑީ.އެފްގެ ޖޭ ސްޓާފުންނާއި ކާނަލް ރިޓަޔަރޑް އާދަމް މަނިކް އަދި ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑްގެ މާރކެޓިންގ އެގްޒެކެޓިވް އަލްފާޟިލް އިމްރާން ރިޒާއެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެސް.ޕީ.ޖީގެ ޖާރޒީ ނަންބަރު 09 ސާޖެންޓް އާދަމް ހަލީމްއެވެ. މިޑިވިޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ވެސް އެސް.ޕީ.ޖީ ޓީމުގެ ޖާރޒީ ނަންބަރު 09 ސާޖެންޓް އާދަމް ޙަލީމްއެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޒަނުގެ ޗެމްޕިއަންޓީމަކީ އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޓީމެވެ. މިޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ދެވަނަ ޑިވިޒަނުގެ ފައިނަލްގައި ބޭންޑް އެންޑް މިއުޒިކް ވިންގގެ ޓީމާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުން މޮޅުގެންނެވެ. މިއީ 2 ވަނަ ޑިވިޒަންގެ ޗެމްޕިއަންކަން އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގެ ޓީމް ވިދިވިދިގެން ހޯދި ހަތަރު ވަނަ ފަހަރެވެ. ދެވަނަ ޑިވިޒަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޭންޑް އެންޑް މިއުޒިކް ވިންގ ޓީމުގެ ޖާރޒީ ނަންބަރު 09 ޕްރައިވެޓް އަދުނާން ޢަބްދުލް ހަމީދުއެވެ.
މި މުބާރާތުގެ '' އެކްސްކްލޯސިވް ސްޕޮންސާރ ބްލޫ ސްޓޯމް'' ސްޕޮންސަރ ކޮށްފައިވަނީ ގްލޯބަލް ނެޓުގެ ފަރާތުންނެވެ. ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ބޭއްވުނު އިންޓަރ ޔުނިޓް ބްލޫ ސްޓޯމް ވޮލީބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ޖޭ ސްޓާފުންނާއި ސިފައިންގެ އޮފިސަރުން އަދި ދައުވަތު އެރުވުނު ފަރާތްތަކުގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް