އެމް.އެން.ޑީ.އެފް ލޮޖިސްޓިކް ޕްލޭނިންގގެ ނަމުގައި ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިމިއްޖެ.
2010-02-04
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ލޮޖިސްޓިކް ފަންކްޝަން ކުރިއަރުވާ ތަރައްގީކުރުމުގެ މަޤްޞަދުގައި ތިންދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ވޯރކްޝޮޕް މިއަދު ނިމިއްޖެއެވެ.
އެމް.އެން.ޑީ.އެފްގައި ލޮޖިސްޓިކް ފަންކްޝަން ކުރިއަރުވާ ކުރިމަގަށް ރާވާ ޕްލޭންކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި، ބޭއްވި މިވޯރކް ޝޮޕުގެ މަޤްޞަދަކީ އެމް.އެން.ޑީ.އެފް ޕްރޮފެޝަނަލް އަސްކަރިއްޔާއަކަށް ބަދަލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގައި ލޮޖިސްޓިކް ޕްލޭނިންގއަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި، އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތައް އެނަލައިޒްކުރުމެވެ. މިވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އެން.ޑީ.އެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރު ވިދާޅުވީ ''އަސްކަރީ މުވައްސަސާއެއްގެ އެންމެ މުހިއްމު ފަންގުޝަނީ ލޮޖިސްޓިކް ފަންގްޝަންކަމަށާއި އަދި އަޅުގަނޑުމެންނާއި ހަވާލުކުރެވިފައިވާ މިޝަން އެކޮމްޕްލިޝްކުރުމަށް ލޮޖިސްޓިކް ފަންގްޝަން އެންމެފުރިހަމަގޮތުގައި ސަޕޯޓްކޮށްދެވޭނެ ނިޒާމެއް އެސްޓަބްލިޝް ކުރުމަށްޓަކައި މިއަދު ލޮޖިސްޓިކް ޑޮކްޓަރީންއެއްގެ ޑްރާފްޓް ތައްޔާރުކުރުމަށްފަހު ސިފައިންގެ ތެރޭގައި މިމަސައްކަތުގައި އަމަލީގޮތުން ބައިވެރިވެގެންތިބި ބޭކަލުންގެ ހިއްސާ މިޑްރާފްޓް ފުރިހަމަކުރުމަށް ހޯދުނު ހޯދުމަށް މިބޭއްވުނު ބައްދަލުވުމަކީ ސިފައިންގެ ތާރީޚްގައިވެސް ބޭއްވުނު ފުރަތަމަ ބައްދަލުވުންކަމުގައި ވިދާޅުވިއެވެ''. މިރަސްމިއްޔާތުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ''މިވޯރކްޝޮޕުގައި ޑިސްކަސް ކުރެވިފައިވާ ކަންތައްތަކަށް ރިއާއަތްކޮށް އެމް.އެން.ޑީ.އެފްއިން މިހާރު ތައްޔާރުކުރެވިފައިވާ ލޮޖިސްޓިކް ޑޮކްޓަރިން ޑްރާފްޓް ތަރައްޤީކުރުމަށް ކުރެވެންހުރި ކަންތައްތައް އެކަށައެޅޭނެކަމުގައިވެސް ވިދާޅުވިއެވެ''. އެމް.އެން.ޑީ.އެފް ކަޅުތުއްކަލާކޮށީ މަލްޓިޕާރޕަސް ހޯލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވޯކްޝޮޕްގެ ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީއެމް.އެން.ޑީ.އެފް ސެންޓަރަލް އޭރިޔާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދުއެވެ. ތިންދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯރކް ޝޮޕްގައި ލެކްޗަރ ނަންގަވައިދެއްވާފައި ވަނީ އެމް.އެން.ޑީ.އެފްގެ އޮފިސަރުންނެވެ. މިވޯރކް ޝޮޕަކީ އެމް.އެން.ޑީ.އެފް ގައި 2010 ވަނަ އަހަރު ހިންގުމަށް ކަލަންޑަރ ކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ. މިރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރުއާއި މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝިޔާމްއާއި ޖޭ ސްޓާފުން އަދި ސިފައިންގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކުރިއަށް    ފަހަތަށް
ޙިދުމަތުގެ ބެޖްތައް