މިއަލިފާނުގެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް ލިބުމާއި ގުޅިގެން އެސާރވިސްގެ ފަޔަރ ޓީމެއް އެސަރަހައްދަށް ވަނީ ގޮސްފައެވެ. ފަޔަރ އެންޑް ރެސްކިޔު ސާރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި މިއަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ލޯންޗުތެރޭ ބެޓްރީ ޝޯޓެއް ވެގެން ޕެޓްރޯލް ޓޭންކްގައި އަލިފާން ރޯވެގެންކަމަށް ލަފާކުރެވޭއެވެ. ކަޅުތުއްކަލާކޮށީ ފުރަގަހުގައި އަޅާފައި އޮތް މިލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ލޯންޗުގައި ހުރި ޑީ.ސީ.ޕީ އަލިފާންނިވިއެއް ބޭނުންކޮށްގެން އެލޯންޗުގައި ތިއްބެވި ސިފައިންގެ ބޭކަލުންނެވެ.
މިހާދިސާގައި އަނިޔާ ލިބުނު ލާންސް ކޯޕްރަލް ފަޒީލް ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އެކޯ 61 އެމްބިއުލަންސްގައި އައި.ޖީ.އެމް.އެޗަށް ގެންގޮސް މިހާރު ގެންދަވަވަނީ ފަރުވާދެމުންނެވެ.