ސ.ހިތަދޫން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
26 ފެބްރުއަރީ 2019 11:16

ސ.ހިތަދޫގައި ހުންނަ، އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބިދޭސީއަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 10:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 46 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މާލެ ގެނެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.