ޑިފެންސް މިނިސްޓަރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
23 ޖެނުއަރީ 2019 10:05

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީގެ އަރިހުގައި ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، މިއަދު ހެނދުނު އިންޑިއާއަށް ފުރާވަޑައިގަންނަވައިފިއެވެ.

ހަފުތާއެއްގެ މުއްދަތަށް އިންޑިއާގެ ދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެރިވެވަޑައިގަންނަވައެވެ.