އިންޑިއަން ކޯސްޓްގާޑް ޝިޕް ސަމަރްތް ރާއްޖެ އަތުވެއްޖެ
12 ޖެނުއަރީ 2019 18:11

އިންޑިއަން ކޯސްޓްގާޑް ޝިޕް (އައިސީޖީއެސް) "ސަމަރްތް" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އައިސީޖީއެސް ސަމަރްތް ރާއްޖެއަށް ކުރާ މި ދަތުރުގައި، މިމަހު 13 އިން 17 އަށް ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު އެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަވައިލަންސް ޕެޓްރޯލް ނިންމާލުމަށްފަހު އައިސީޖީއެސް "ސަމަރްތް" ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހު އެވެ.