ލ.ގަމުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
12 ޖެނުއަރީ 2019 17:20

ލ.ގަމުގައި ހުންނަ، އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު ހަވީރު 17:00 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.