ހދ. ކުޅުދުއްފުށީ ކެޔޮގަސްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި
08 ޖެނުއަރީ 2019 18:29

ހދ. ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލުގެ އިރުމަތީފަރާތުގައި ހައްދާފައިހުރި ކެޔޮ ގަސްތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް، އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހަވީރު 16:22 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން އެ ސަރަޙައްދަށް ގޮސް، ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ހާދިސާއާ ގުޅިގެން އެސަރަހައްދުގައި ހައްދާފައިހުރި ކެޔޮގަސްތަކަށް ވަނީ އަލިފާނުގެ އަސަރުކޮށް، އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.