މ.މުލިން ހާލުބޮޑު ބަލި މީހަލު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި
05 ޖެނުއަރީ 2019 08:55

މ.މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 07:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 81 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް މުލީ ރީޖަނަލް ހޮސްޕިޓަލުން މިމީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.