ނައިފަރުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
03 ޖެނުއަރީ 2019 17:43

ޅ.ނައިފަރުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު 17:15 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނެކެވެ. މި މީހާ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ ނައިފަރު އަތޮޅު ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމާއި މޫސުން ގޯސްވެ ކަނޑުމަގުން ކުރާ ދަތުރުގައި ގިނަ ވަގުތު ހޭދަވާތީއެވެ.

ޅ.ނައިފަރުން މާލެ ގެނައި ބަލި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.