ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
03 ޖެނުއަރީ 2019 13:54

ޅ.ކުރެންދޫއިން ހާލުބޮޑު ބަލި މީހަލު އެމްއެންޑިއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު 13:00 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 75 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ނޭވާލާން އުނދަގޫވެ ޅ.ކުރެންދޫ ސިއްޙީ މަރުކަޒުން ބެއްލެވި ޑޮކްޓަރުން ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.