މޫދަށް އެރި އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިއެްޖެ
31 އޮކްޓޯބަރ 2018 12:44

ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯޓަށް ދަތުރު ގޮސް، މޫދަށް އެރިއުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް މިއަދު ފެނިއްޖެއެވެ.

ކޯސްޓްގާޑުގެ ޑައިވަރުންނަށް އެ މީހާ ފެނުނީ، މިއަދު ހެނދުނު 08:45 ހާއިރު، ފިހާޅޮހި އައިލެންޑް ރިސޯޓުގެ އިރުއުތުރުން ގާތްގަނޑަކަށް 200 މީޓަރު ބޭރުގައި އޭނާގެ ހަށިގަނޑު އޮއްވައެވެ. އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގައި މިއަދު ހެނދުނު 11 ޖަހާކަންހާއިރު ވަނީ މާލެ ގެނެސްފައެވެ.

ފިހާޅޮހި އައިލެންޑް ރިސޯޓަށް މޫދަށް އެރިއުޅެނިކޮށް ފަތުރުވެރިޔަކު ގެއްލުނު ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ، އިއްޔެ 14:49 ގައެވެ. މިހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވިންގ ޓީމެއް އެސަރަހައްދަށް ގޮސް މީހާ ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ހުއްޓާނުލައި ދިޔައީ ކުރަމުންނެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ، ކ.މާފުށީގައި ޗުއްޓީ ހޭދަކުރަން އައިސްއުޅުނު 31 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.