މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިންގ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެެއްޖެ
08 ސެޕްޓެމްބަރ 2018 14:35

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިންގ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އެމްއެންޑީއެފް އެފްއާރުއެސް (ފަޔަރ އެންޑް ރެސްކިއު ސަރވިސް) އިން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް އެފްއާރުއެސް އަށް ލިބިފައިވަނީ މިއަދު 13:07 ހާއިރުއެވެ. މި ޙާދިޞާގެ ރިޕޯރޓް ލިބުމާއިއެކު އެމްއެންޑީއެފް އެފްއާރުއެސްގެ ފަޔަރ ފައިޓިންގ ޓީމެއް ވަނީ މި ރިސޯރޓަށްގޮސްފައެވެ.

މި ޑައިވިންގ ސްކޫލުގައި ރޯވި އަލިފާންގަނޑު މިއަދު މެންދުރު 13:45 ހާއިރު ކޮންޓްރޯލްކޮށްފައިވަނީ  މި ރިސޯޓުގެ ފަޔަރ ސްކޮޑުންނެވެ.

މި ހާދިސާގައި މި ރިސޯޓުގައި މަސައްކަތްކުރާ ދިވެއްސެއްގެ އައި ވަނީ ފިހިފައެވެ. މި މީހާ ވަނީ އިތުރު ފަރުވާޔަށް މާލެ ގެނެސްފައެވެ.

މި އަލިފާނުގެ ހަދިސާ އާއި ގުޅިގެން މި ރިސޯޓުގެ ޑައިވިންގ ސްކޫލަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި ޑައިވިން ސްކޫލާއި އިންވެ އިން ޑައިވިންގ ސްކޫލުގެ ޝެޑް ސާމާނުތަކާއި އެކު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.