މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފި
26 އޯގަސްޓް 2018 11:50

ލ.އަތޮޅާއި 8 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ވިލުރޯދި" ދޯނީގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ.

މިއަދު ހެނދުނު 10:45 ހާއިރު ލ.ގަމު ރީޖަނަލް ހޮސްޕޮޓަލަށް ގެންގޮސްދީފައި ވަނީ އުމުރުން 38 އަހަރުގެ ދިވެއްސެކެވެ. މި ހާދިސާ ހިނގާފައި ވަނީ މަސްވެރިކަމަށް ނުކުމެ އެންދަމަން އުޅުމުގެ ތެރޭގައި ފިޓު ޖެހިގެން ކަމަށް ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

މި ހާދިސާގައި ހާލު ބޮޑުވި މީހާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވަނީ، އިތުރު ފަރުވާ ދޭން ފަށާފައެވެ.