ދަތުރު ގޮސް އުޅުނު ޒުވާނަކަށް ސިއްޙީ އަވަސް ފަރުވާ ބޭނުންވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްދީފި
20 އޯގަސްޓް 2018 16:00

ގދ.ހައުޑިގަލާއަށް ދަތުރު ގޮސް އުޅުނު ޒުވާނަކަށް ސިއްޙީ އަވަސް ފަރުވާ ބޭނުންވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްދީފިއެވެ.

މިއަދު 09:40 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއެކު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ އެ ރަށަށް ގޮސް ސިއްޙީ އަވަސް ފަރުވާ ބޭނުންވާ ޒުވާނާ ގދ.ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.

މި ހާދިސާގައި ސިއްޙީ އަވަސް ފަރުވާއަށް ބޭނުންވެގެން އެދިފައި ވަނީ އެ ރަށަށް ދަތުރު ގޮސް އުޅުނު އުމުރުން 27 އަހަރުގެ ފިރިހެނަކަށް ފިޓް ޖެހިގެންނެވެ.