މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސައިފި
27 ޖުލައި 2018 21:11

ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ޝަރަފުގެ ހިނގާލުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސާފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމައްޖެހިފައިއޮތް މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކާއި ކުޅިވަރުތައް މާދަމާ ރޭ ބާއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެންނެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭ ސިޓީގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ބާއްވާ ތާރީޚު ފަހުން ހިއްސާ ކުރެވޭނެއެވެ.