ކަންނެލި މަސްވެރިކަންކުރާ ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަންފޯރުކޮށްދީފި
25 ޖުލައި 2018 13:59

ގދ. އަތޮޅުން ފުރައިގެން މާލެ ދަތުރުކުރި "އާއިލާ" ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަންކުރާ ދޯންޏެއް މ. އަތޮޅު ރާބަނދިހުރާ ކައިރީގައި އޮތް ގިރިއަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެނެޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 19:19 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު އެ ދޯންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 70 ފޫޓްފެ މި ދޯނި ގިރިއަށް އެރުމާ ގުޅިގެން، ދޯނީގެ ބަނޑުފިލައަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމަށް ދޯނީގެ ވެރިފާރާތުން ހަމަޖެއްސި ތަކެތި މ.ދިއްގަރުން އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗްގައި ވަނީ އެ ދޯނި ގިރިއަށް އަރާފައި އޮތް ސަރަހައްދަށް ގެންގޮސްދީފައެވެ. މިހާދިސާ ހިނގިއިރު ދޯނިން ދަތުރުކުރި 12 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.