ހާލުގައި ޖެހުނު ސްރީލަންކާގެ މަސްބޯޓް، ރާއްޖެ ސަރަޙައްދުން އޮޔާދާތީވެ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކުރަން
11 ޖުލައި 2018 15:20

ހާލުގައި ޖެހުނު ސްރީލަންކާގެ މަސް ބޯޓެއް ކަމަށްވާ "ސިންދޫރް 2" ހުވަދޫ އަތޮޅާއި ލ.އަތޮޅާ ދޭތެރޭ ހުޅަނގަށް އޮޔާދާތީވެ، އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ. އަދި ރޭގަނޑު އެ ސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.