ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ހެދިފައިވާ ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން ހދ.ވައިކަރަދޫ ސްކޫލުގައި ޕްރޮގްރާމެއް ހިންގައިފި
08 ޖުލައި 2018 13:56

ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ހެދިފައިވާ ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހދ.ވައިކަރަދޫ ސްކޫލުގައި ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ.

މި ޕްރޮގްރާމަކީ، ސްކޫލު ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން ސްކޫލުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ސިފައިންނާއި، އެންޖީއޯތަކާއި އަދި ގުޅުންހުރި މުއައްސަސާތަކުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ޤުދުރަތީ ކާރިސާއެއް މެދުވެރިވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ގޮތާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ. އަދި ޤުދުރަތީ ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި ސްކޫލު ފެންވަރުގައި ރައްކާތެރިވެވޭނެ ޕްލޭން ކުރާނެ ގޮތާ ބެހޭގޮތުން މަޢުލޫމާތު ޙިއްސާ ކޮށްފައިވެއެވެ.

މީގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރާނެ ގޮތްތަކާއި، އަލިފާންނިވި އަދި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތްތައް ޢަމަލީގޮތުން ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނެވެ.