އދ.ފެންފުށިން މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި
01 ޖުލައި 2018 21:48

އދ.ފެންފުށިން އުމުރުން 29 އަހަރުގެ ފިރިހެނެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 17:15 ހާއިރުއެވެ.

އދ.ފެންފުށީ ޕޭންޒީގޭ، އުމުރުން 29 އަހަރުގެ އަދުނާން އަޙްމަދު ނަމަކަަށްކިޔާ މިމީހާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ޖޫން 30 ވަނަ ދުވަހުގެ ރޭ 23:30 ހާއިރުކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި އޭރު މީނާ ލައިގެންހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

މީނާއާއިބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި ދެއްވުން އެދެމެވެ.