ސްރީލަންކާ މަސްބޯޓެއްގައި އޮތް ހާލު ދެރަ ބަލިމީހަކަށް އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި
28 ޖޫން 2018 00:30

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާ މަސްބޯޓެއްގައި އޮތް ހާލު ދެރަ ބަލިމީހަކު އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު ހދ.ކުޅުދުފުއްޓަށް ގެންގޮސްދީފިއެވެ.

ސްރީލަންކާގެ ކޯސްޓްގާޑުން މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކޮށްފަައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ 15:25 ހާއިރުއެވެ.

މި ބަލިމީހާ ނެގުމަށްޓަކައި ހދ. މަކުނުދޫ ސީ އެމްބިއުލާންސްގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފުރާފައިވަނީ މިރޭ 20:15 ހާއިރުއެވެ. މި ބަލިމީހާ ސީ އެމްބިއުލާންސްއަށް ނަގާފައި ވަނީ، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދައާ އެކު އެ ބޯޓް ހދ. މަކުނުދޫގެ ހުޅަނގު އުތުރުން 15 މޭލަށް ކައިރިކުރުމުންނެވެ.

ސްރީލަންކާގެ ރައްޔިތެއްކަމަށްވާ އުމުރުން 52 އަހަރުގެ މި މީހާ ވަނީ މިރޭ 23:50 ހާއިރު ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.