ނިޔާމަ ރިސޯޓްގެ ވޯޓަރ ވިލާއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ސިފައިން ނިއްވާލައިފި
25 ޖޫން 2018 10:40

ދ.އަތޮޅު ނިޔާމަ ރިސޯޓްގެ ވޯޓަރ ވިލާއެއްގައި ރޭ ފަތިހު 05:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކުޑަހުވަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ފަޔަރ ސްޓޭޝަނުގެ ސިފައިން އެ ރިސޯޓަށް ގޮސް، ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު ހެނދުނު 7 ޖަހާކަންހާއިރުއެވެ. މިހާދިސާގައި ރޯވި ވޯޓަރ ވިލާގައި ހުރި ތިން ކޮޓަރި އެއްކޮށް ވަނީ އަނދައިގެން ގޮސްފައެވެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް މިހާދިސާގެ ސަބަބުން އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.