އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ސަވައިލެންސް ޕެޓްރޯލް ނިންމާލައިފި
21 ޖޫން 2018 17:48

އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދިޔަ އޭރިއަލް ސަވައިލެންސް ޕެޓްރޯލް ނިންމާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގެ އިގްތިޞާދީ ކަނޑުގެ ސަރަހައްދު ބެލުމަށް ކުރިއަށްގެންދިޔަ މި ޕެޓްރޯލްގައި ރާއްޖޭގެ އިރުމަތީ ބިތާއި ހުޅަނގު ބިތުގެ ބޮޑުބައެއް ވައިގެ މަގުން ވަނީ ބަލާފައެވެ.

މި ޕެޓްރޯލްގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް އެއްވެސް ހަރަކާތެއް ހިނގާތޯ ވަނީ ބަލާފައެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ މި ސަވައިލަންސް އޮޕަރޭޝަންގައި އިންޑިއަން ނޭވީގެ ޑޯނިއަރ ދެ މަތިންދާ ބޯޓެއް ވަނީ ހަރަކާތްތެރިވެފައެވެ.