މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި ބޯޓެއް ތ.ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފި
05 ޖޫން 2018 23:34

މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރި "ނިޔާމަ" ބޯޓް ތ.ގުރައިދޫ ނެރުގެ އުތުރު ފަރާތަށް އަރައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:35 ހާއިރު އެމްއާރުސީސީއަށް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ނޫރައްދީން ލޯންޗްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗް ޑައިވަރުންނާއެކު ވަގުތުން ވަނީ ހަރަކާތްތެރިވެފައެވެ. މި ބޯޓް ފަރަށް އެރިއިރު ބޯޓުން 3 ދިވެހިންނާ 8 ބިދޭސީންނާއެކު ޖުމްލަ 11 މީހުން ދަތުރު ކުރިއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މި ބޯޓް ފުންކުރުމުގެ މަސައްކަތުގައި ބޯޓްގެ ފަޅުވެރިންނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.