ފަރަށް އެރި ބޯޓެއްގެ ބައިތަކެއް އޮޔާދާތީ ދަތުރުުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރަން
31 މެއި 2018 16:26

ހއ.އިންނަފިނޮޅު ފަރަށް އެރި ބޯޓެއްގެ ބައިތަކެއް އޮޔާދާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސް ކުރަމެވެ.

2018 މޭ 31 ވަނަ ދުވަހު 0540 ހާއިރު މަސްބޯޓެއް ހއ.އިންނަފިނޮޅު ފަރަށް އަރައި، އުޅަނދުގައި އަލިފާން ރޯވެ، އުޅަނދުގެ ބައިތައް އަތޮޅު ތެރެއަށް އޮޔާދާތީ، މިސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ރޭގަނޑު ދަތުރުކުރައްވާ ފަރާއްތަކުން އިތުރަށް ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްޠިމާސްކުރަމެވެ.