ޅ.ކުރެންދޫއިން ހާލުބޮޑު ކުއްޖަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
26 މެއި 2018 12:38

ޅ.ކުރެންދޫއިން ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 11:45 ހާއިރު ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ ޅ.ކުރެންދޫ ސިއްޙީ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 04 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ މާލެ ގެނެސްދީފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޅ.ކުރެންދޫ ސިއްޙީ މަރުކަޒުން ބެއްލެވި ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނައި މި ކުއްޖާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާދޭން ފަށާފައެވެ.