އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި ހާލު ބޮޑު ބަލި މީހަކު މާލެ ގެނެސްދީފި
25 މެއި 2018 16:19

ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 09:40 ހާއިރު ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައިވަނީ ލ.ފޮނަދޫ ހެލްތު ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 35 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނައި މި ބަލިމީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާދޭން ފަށާފައެވެ.