މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވެއްޖެ
24 މެއި 2018 16:14

މުދާ ބަރުކޮށްގެން ދަތުރުކުރި، "ހަވާ" ނަމަކަށް ކިޔާ 55 ފޫޓުގެ ދޯންޏެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވެއްޖެއެވެ.

މި ދޯނި ބަންޑުން ޖަހާލާފައިވަނީ ގާ ޕެލެޓްތަކެއް އަރުވައިގެން މާލެ އިން އަކިރިފުށި ރިސޯރޓަށް ދަތުރުކުރަމުން ދަނިކޮށް އާރަށް ކައިރިއަށެވެ.

މި ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި 3 މީހުން ތިއްބެވެ. މި މީހުން ވަނީ އެސަރަހައްދުން ދަތުރުކޮށްފައިދިޔަ ލޯންޗަކަށް ނަގާފައެވެ. މި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 11:11 ހާއިރުއެވެ. މި ކަމުގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑް ހާބަރ ކްރާފްޓާއި، އެލްސީ ވަނީ މި ދޯނި ބަންޑުން ޖަހާލާފައި އޮތް ސަރަހަށްދަށް ގޮސް ހަރަކާތްތެރިވެފައެވެ.

ބަނޑުން ޖަހާލި ދޯނީގެ ވެރިފަރާތުން "ސީ ކިންގް" ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައި ދޯނި ކަފުޖަހައިގެން ހުޅުމާލެ ފަޅުތެރެޔަށް މިހާރު ވަނީ ވައްދާފައެވެ. ބަންޑުން ޖަހާލި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.