ގ.އައްބާސާ ގޭގެ ކޮޓަރީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިއްވާލައިފި
20 މެއި 2018 21:16

މާލޭ ސިޓީ، ގ.އައްބާސާ ގޭގެ ތިރީ ކޮޓަރީގައި މިރޭ ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިރޭ ގާތްގަނޑަކަށް 19:13 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން އެސަރަޙައްދަށް ގޮސް، އެގޭގެ ކޮޓަރީގައި ރޯވެފައިވާ އަލިފާން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި، ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިރޭ 19:45 ހާއިރުއެވެ. މި ހާދިސާގައި، ރޯވި ކޮޓަރިއަށް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.