މ.މުލަކު ފަރަށް ބޯޓެއް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
17 މެއި 2018 10:39

މާލެއިން ފުރައިގެން ލ.ގަމަށް ދަތުރުކުރި "ނީލްވިލާ" ނަމަކަށް ކިޔާ ބޯޓެއް މ.މުލަކު ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ 19:50 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިންނާއެކު ހާބަރ ކްރާފްޓް ލޯންޗެއް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި ފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފްގެ ޑައިވަރުން ގުޅިގެން ދަނީ ކުރަމުންނެވެ. މި ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ 5 ދިވެހިންނާއި 3 ބިދޭސީންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވެއެވެ.