ދޯންޏެއް ބަންޑުން ޖަހާލައި، އޭގައި ހުރި މުދާތައް އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކުރަން
13 މެއި 2018 21:34

އއ.ތޮއްޑޫގެ އުތުރުން 3 މޭލު ބޭރުން "މަސް ނަނު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގައި ހުރި މުދާތައް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރައްވާ ދަތުރުވެރިން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ.

މާލެއިން ފުރައިގެން ބ.ސޮނެވާފުއްޓަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ 95 ފޫޓްގެ މި ދޯންޏަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 19:12 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެ ސަރަޙައްދަށް ދަތުރުކުރަމުން ދިޔަ ޕޮލިސް ލޯންޗަކަށް ދޯނީގައި ތިބި 5 މީހުން ވަނީ ނަގާފައެވެ. މި އެންމެންގެ ހާލު ވެސް ރަނގަޅެވެ.