ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެގެން އެމްއެންޑިއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފި
02 މެއި 2018 15:34

ލ.ގަން ކައުންސިލް އޮފީސް ކައިރީ އޮތް ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު 13:45 ހާއިރު ލިބުމާއެކު ކައްދޫ ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި 13:50 ހާއިރު ސައިޓަށް ގޮސް ފޯމް ޖަހައި އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ހާދިސާގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ 14:37 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ނިއްވުމަށްޓަކައި މަސައްކަތްކުރި ސިފައިންގެ މީހަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.