މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ތިނަދޫއަށް ގެންގޮސްދީފި
28 އޭޕްރީލް 2018 19:37

ގދ.ކާޑެއްދޫ އާ 48 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި އޮތް ހާލުބޮޑު ބަލ މީހަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްދީފިއެވެ.

"ސީ ކިންގ" ނަމަކަށްކިޔާ މަސްދޯނީގައި އޮތް އުމުރުން 21 އަހަރުގެ ޒުވާނަކު ގދ.ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ ނޭވާލާން އުނދަގޫވެ ހޮޑާއެކު ލޭ އަންނާތީ އިތުރު ފަރުވާއަށް ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑުގައި އެދުމުންނެވެ.

މި ބަލި މީހާ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްފައިވަނީ  މިރޭ 19:15 ހާއިރުއެވެ.