އިހަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވެއްޖެ
01 އޭޕްރީލް 2018 09:45

ހއ. އިހަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ހދ.ކުޅުދުއްފުށި ފަޔަރސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މިއަދު ހަވީރު 15:00 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ އެރަށަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާންފަށާފައެވެ.

ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން މި އަލިފާންގަނޑު ވަނީ މިރޭ 19:30 ގައި އެއްކޮށް ނިއްވަލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.