ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑުމަތިން އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން
25 ޖެނުއަރީ 2018 17:31

ގިނަ އަދަދެއްގެ ލަކުޑި ފިލާތަކެއް ކަނޑުމަތިން އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

މި ލަކުޑި ފިލާތަށް ކަނޑަށް ދޫކޮށްލާފައިވަނީ 2018 ޖަނަވަރީ 25 ވަނަ ދުވަހުގެ 0700 ހާއިރު ގދ.ފަރެސްމާތޮޑާގެ އިރުދެކުނުން 2 ނޯޓިކަލްމޭލު ބޭރުން ދަތުރުކޮށްފައި ދިޔަ ދޯންޏަކުން ކަނޑުގަދަވުމާ ގުޅިގެންނެވެ. އެތަކެތި އޮޔާދަނީ ގދ.ފަރެސްމާތޮޑާ އާއި ދިމާލުން ހުޅަނގަށްކަމަށް އެ ދޯނީގެ ކެޕްޓަން ވަނީ ކޯސްޓްގާޑަށް މައުލޫމާތު ދީފައެވެ.

ވީމާ މިސަރަޙައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްޠިމާސްކުރަމެވެ. އަދި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިސަރަހައްދުން ދަތުރު ކުރެއްވުމުގައި ހާއްސަ ސަމާލުކަމެއްދެއްވުމަށް ދަންނަވަމެވެ.