ސަޕްލައި ދޯންޏެއް ފަރަށްއަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފި
17 ޖެނުއަރީ 2018 22:48

ދ.އަތޮޅު ނިޔާމަ ރިސޯޓުން ފުރައިގެން މާލެ ދަތުރުކުރި އެ ރިސޯޓުގެ ސަޕްލައި ދޯނި، ވ.ފުލިދޫ ކައިރީ އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލުމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ފަތިހު 05:20 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި 18 ފިރިހެނަކާއި އެއް އަންހެނަކު ދަތުރުކުރަމުންދިޔައެވެ. މި ދޯނިން ދަތުރުކުރި މީހުން ވ.ފެލިދޫގައި އޮންނަ ސީއެމްބިއުލޭންސްގައި މާލެ ގެނައުމަށް ދަނީ ދަތުރުކުރަމުންނެވެ.

މާކޯ ޕޯލޯ ނަމަކައްކިޔާ 90 ފޫޓުގެ މި ދޯނިން ދަރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.