ފުވައްމުލަކުން ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
16 ޖެނުއަރީ 2018 05:15

ޏ.ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފި އެވެ.

މިއަދު ހަވީރު 15:10 ހާއިރު މާލެ ގެނެސްދީފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ކުއްޖާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ ޏ.ފުވައްމުލަކު ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން މިކުއްޖާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

މި ކުއްޖާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.