ރ.އަތޮޅަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
10 ޖެނުއަރީ 2018 21:55

މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރި "ފަޒާ" ނަމަކަށް ކިޔާ ދޯންޏެއް ބ.އޭދަފުށީ ކައިރީ އޮންނަ ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 02:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް، ޑަރިވަރުންނާއެކު ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

ފަރަށް އެރި 75 ފޫޓުގެ މި ދޯންޏަކީ ރ.އަތޮޅުގައި އަލަށް ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއްކެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރިއެވެ. މިހާދިސާގައި ދޯނިން ދަތުރުކުރި ދިވެހި މީހާއަށް އަނިޔާވެގެން ބ.އޭދަފުށީ ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ނޮަދަން އޭރިއާގެ ސިފައިން  ދަނީ ކުރަމުންނެވެ.