މުނާސިބުނޫން ހަފުލާތަކުގައި ސިފައިންގެ ލަވަ ބޭނުންކުރުމާބެހޭ
19 މާރޗް 2015 23:29

ސިފައިންނަށް ޚާއްޞަކޮށްފައިވާ ސިފައިންގެ ލަވަ އަކީ ސިފައިންގެ ބޭނުންތަކަށް ބޭނުންކުރަމުންދާ ސިފައިންނަށް ޚާއްޞަ ޝަރަފުވެރި ލަވައެކެވެ. މި ލަވަ ސިޔާސީ ބައެއް ފަރާތްތަކުން ސިޔާސީ އެއްވުންތަކާއި ބައްދަލުވުންތަކުގައި ބޭނުން ކުރަމުންދާކަން ހިތާމައާއެކު ފާހަގަކުރަމެވެ. އަދި މި ލަވަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރުމަކީ ސިފައިންގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭނެ ކަމެއްކަމަށް މި މުއައްސަސާއިން ދެކެމެވެ.

ވީމާ ސިފައިންގެ ލަވަ އެއްވެސް ފަރާތަކުން އެކިއެކި ކަންކަމުގައި މުނާސިބުނޫން ޙަފުލާތަކާއި ސިޔާސީ ބައްދަލުވުންތަކުގެ އިތުރުން، އާންމު ޖަލްސާތަކުގައި ބޭނުން ނުކުރެއްވުމަށް އިލްތިމާސް ކުރަމެވެ.