ތާރީޚް: 26-11-2022, 15:55
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ، އެ އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިއްޔެ އެމްއެންޑީއެފް ޏ.ފުވައްމުލަކު ޕޯސްޓަށްވަޑައިގެން، އެ ޕޯސްޓުގެ ސިފައިންނާ ބައްދަލުކުރައްވައިފިއެވެ.
ޑިފެންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެމްއެންޑީއެފް ފުވައްމުލަކު ޕޯސްޓުގައި އިއްޔެ ބޭއްވި ހަފުލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެ ޕޯސްޓްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވައި، އެ ޕޯސްޓްގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
© mndf 2020 | All rights reserved.