ތާރީޚް: 26-11-2022, 13:35
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް، ބޭސިކް ފަޔަރ އެވެއަރނަސް ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
ހުޅުމާލެގައި ހުންނަ ހުރަވީ ސްކޫލުގައި މިއަދު ހިންގި މި ސެޝަނުގައި އެ ސްކޫލުގެ 88 މުވައްޒަފަކު ބައިވެރިވިއެވެ.
މި ސެޝަނުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ އަދި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.
މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުންނެވެ.
© mndf 2020 | All rights reserved.