ތާރީޚް: 25-11-2022, 21:26
މަސްވެރިކަމަށް ނުކުމެ އުޅުނު "އަސްމީނު" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 38 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މ.މުލީގެ 11 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއަށް ލިބުނީ މިރޭ 19:25 ހާއިރުއެވެ. އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސް، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ސީ އެމްބިއުލާންސްގައި ހާލު ދެރަވި މީހާ ވަނީ މިރޭ 20:27 ހާއިރު މ.މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.
© mndf 2020 | All rights reserved.